02 Feb 2011, 16:28
ދިރާގު 6 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުޅެވުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބް އަތުން ވަރަށް ފަސޭހަކަމާއެކު މޮޅުވެގެން ހަރިކޭން ދެވަނަ މަގާމު ލިބޭނެކަން ޔަގީންކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މުބާރާތުގައި ރޭ ހަރިކޭން މޮޅުވީ 90-64 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަރިކޭންގެ މައިކަލް އެވެ. އޭނާ ވަނީ 34 ޕޮއިންޓް ބަޔަށް ހޯދައިދީފައެވެ.
ހަރިކޭން ދެވަނަ ހޯދީ މިހާތަނަށް ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެގެންނެވެ. އެޓީމަށް ކުރިއަށް އޮތް މެޗަކީ ރެޑްލައިނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މިމެޗު އޮންނާނީ މާދަމާރެއެވެ.
ކުރިއަށް އެއްމެޗު އޮއްވާ ޓީރެކްސް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޓީރެކްސް އާއި ދިވެހި ސިފައިންގެ ކްލަބެވެ.