އިތުބާރު އުފެއްދުމުގެ ގޮތުން އެމެރިކާގެ ލޮސްއެންޖަލަސް ފުލުހުންނަށް 7000 ބޮޑީ ކެމެރާ ގަނެދޭން އެ ސިޓީގެ މޭޔަރު ނިންމައިފި އެވެ.

ލޮސްއެންޖެލަސްގެ މޭޔާރު އެރިކާ ގްރެސެޓީ އާ ހަވާލާދީ 'ދަ ވީކު"ން އިއްޔެ ބުނީ ފުލުސް އޮފިސަރުންނަށް 7000 ބޮޑީ ކެމެރާ ގަނެދޭން ނިންމާފައިވާ ކަމަށެވެ.

ގްރެސެޓީ ވިދާޅުވީ ކެމެރާއަކީ ހުރިހާ ކަމެއްގެ ހައްލު ނޫން ކަމަށާއި ނަމަވެސް އެއީ "ކްރިޓިކަލް" ކަންކަމުގެ ހައްލު ކަމަށެވެ.

ލޮސްއެންޖެލަސް ޓައިމް އިން ބުނީ އެ ސިޓީގެ ޕޮލިސް ކޮމިޝަނުން އެކަމަށް އަމިއްލަ ފަންޑު ހޯދުމަށް މަސައްކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި މިހާ ތަނަށް އެއް މިލިއަން ޑޮލަރު އެއްކޮށްފައިވާ ކަމަށެވެ.

ރަސްމީ ފަރާތްތަކުން ބުނީ ކެެމެރާގެ ސަބަބުން ފުލުސް އޮފިސަރުން ނުކަށިޔާރު ގޮތަކަށް މީހުންނާ ދޭތެރޭ މުއާމަލާތް ކޮށްފި ނަމަ އެނގޭނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ފުލުހުންނާ ދޭތެރޭ ކުރާ ގޯސް އިލްޒާމުތަކުން ރައްކާތެރިވުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

"އަހަރުން ހީކުރާ ވަރަށް ވުރެ ކެމެރާތަކުން ކުރާ ފައިދާ ބޮޑުވާނެ." ފުލުސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.