17 Dec 2014, 10:55
މަހަށް ނުކުމެ އުޅުނު ކުޑަ މަސް ދޯންޏެއް ކަންނެލި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން މަސްތުގެ ހާލަތުގައި ހުއްޓައި ހައްޔަރު ކުރި 67 އަހަރުގެ މިހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ނ. ފޮއްދޫ މެޖިސްޓްރޭޓް ކޯޓުން ރޭ ޖަހައިދީފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު ނ. ވެލިދޫން މަސްވެރިކަމަށް ނުކުތް ކުޑަ މަސް ދޯންޏެއް ގޮސް ކަންނެލި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އުމުރުން 78 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ދޯނީގައި ހުރި 77 އަހަރުގެ މީހެއް ދޯނި ތެރެއަށް ވެއްޓި އޭނާގެ ކޮނޑުހުޅު ވެސް ވަނީ ބިނދިފަ އެވެ.
އެ އެކްސިޑެންޓްގައި ކުޑަ މަސްދޯންޏަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.