17 Dec 2014, 10:38
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 27 މީހަކު ކުރު އުމުރާ އަކަށް ފުރައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ ޗެއާޕާސަން ޑރ. އާއިޝަތު މުނީޒާ ވިދާޅުވީ އެ ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު އުމްރާއަށް ފުރީ 23 މީހަކު ކަމަށާއި އެ މީހުންނާ އެކު އެހީތެރިންގެ ގޮތުގައި ހަތަރު މީހަކު ވެސް އިއްޔެ ހެނދުނު ފުރާފައިވާ ކަމަށެވެ.
މި އަހަރު ޖުމްލަ 17 ޖަމާއަތަކަށް ޖުމްލަ 1584 މީހުން އުމްރާއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި 110 މީހަކު ވެސް މިއަދު ވަނީ އުމްރާއަށް ފުރައިފަ އެވެ. އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވީ އެކުންފުނިން އުމްރާ އަށް މީހުން ގެންދަނީ ބޮލަކަށް 24،000 ރުފިޔާ އަށް ކަމަށެވެ.
އެ ކުންފުނީގެ އިތުރުން ހިޖުރަ ގްރޫޕްގެ ހަވާލުގައި 48 މީހަކު ވެސް މިއަދު ވަނީ އުމްރާއަށް ފުރާފަ އެވެ.