16 Dec 2014, 15:34
އައްޑޫ ސިޓީ ލިންކްރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް އެކްސިޑެންޓުވެ، މީހުން ފިލައިފި އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ފަހު 2:15 ހާއިރު ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވިކަން ރިޕޯޓު ކޮށްފައިނުވާ ކަމަށެވެ. އަދި އެ އެކްސިޑެންޓް ހިނގުމާ ގުޅިގެން ކާރުގައި ތިބި މީހުން ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިއަދު ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ކާރު: ސަން ފޮޓޯ/ އަލީ ވާފިރު
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އައްޑޫގެ ފަޅުރަށްތަކުގެ ތެރެއިން ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކަމަށާއި ކާރު ކޮންޓްރޯލު ނުވެގޮސް ގަސްތަކުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ކާރަށްވެފައިވާ ކަމަށެވެ.