ޕާކިސްތާނުގެ ޕިޝާވަރުގައި އެގައުމުގެ ސިފައިން ހިންގަމުން އަންނަ ސްކޫލެއްގައި ތަހުރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ހަނގުރާމަވެރިންގެ ބަޔަކު ހިންގި ގަތުލުއާއްމުގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އެ ހަމަލާގައި މަރުވި ކުދިންގެ އަދަދު 84 އަށް އަރައިފި އެވެ.

ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އޭޕީ ބުނީ މަރުވި ކުދިންނާއި އެއް އަދަދެއްގެ ކުދިން ޒަހަމްވެސް ވެފައިވާ ކަމަށެވެ. ތާލިބާނުން އެ ސްކޫލަށް ހަމަލާދިން އިރު އެތަނުގައި ގާތްގަނޑަކަށް 500 ކުދިން ތިބި ކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީ ބުންޏެވެ. އަދި ބުނީ ޕާކިސްތާނު ސިފައިންނާއި ހަނގުރާމަވެރިން ސްކޫލު ތެރޭގައި އަދިވެސް ހަމަލާތައް ބަދަލުކުރަމުން އަންނަ ކަމަށެވެ.

ޓީޓީޕީގެ ފެކްޝަންގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު ޚުރާސާނީ ނަމަކަށް ކިޔާ މީހަކު އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ހަނގުރާމަވެރިންނަށް އަމުރުކޮށްފައި ވާނީ ޕިޝާވަރުގެ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ދޮށީ ދަރިވަރުންނަށް ހަމަލާ ދިނުމަށް ކަމަށެވެ. ޚުރާސާނީ އަދި ބުނެފައި ވަނީ އެހަމަލާއަކީ ޕާކިސްތާނު ސިފައިން އުތުރު ވާޒީރިސްތާނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވިދާޅުވެފައި ވަނީ އެހަމަލާގެ ފަހަތުގައި ތިބި ބަޔަކު (އަދަބު ނުދީ) ދޫނުކުރައްވާނެ ކަމަށެވެ.