ބ. ދޮންފަނު ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން، އެ މަގާމަށް އަލުން ކައުންސިލަރަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދޮންފަނު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ އެކައުންސިލްގެ ކުރީގެ ނައިބު ރައީސް ޔޫސުފް ނައުޝާދެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ އެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުން އަންނަ މަހުގެ 28 ވަނަ ދުވަހުގެ 3:00ގެ ކުރިން އެކަމާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތައް އެ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މިހާރު ދޮންފަނުގައި ތިއްބެވީ ޖުމްހޫރީ ޕާޓީގެ އެއް ކައުންސިލަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ކައުންސިލަރެއްގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ ދެ ކައުންސިލަރެކެވެ.