16 Dec 2014, 11:41
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ އަދި ޑީސަލް ލީޓަރަކުން 75 ލާރި މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެ ބަދަލާ އެކު ކުރިން 15.12 އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު އެސްޓީއޯ އިން ވިއްކަނީ 14.12 ރުފިޔާ އަށް ކަމަށާއި އަދި ކުރިން 14.83 ރުފިޔާ އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 14.08 ރުފިޔާ އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ ތެލުގެ އަގަށް ބަދަލުގެނައީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާއެކު ކަަމަށާއި ކުރިއަށް އޮތް ތާގައި ވެސް ތެޔޮ އަގުހެޔޮކޮށް ލިބޭ ވަރަކަށް ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަަމަށެވެ.