16 Dec 2014, 11:39
އެހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އުފަލާއި މަޖަލުގައި ދިރިއުޅެމުންގެންދާ މީހަކަށް ނުވެދާނެ އެވެ. އަދި ކޮންމެ މީހަކީ އެކަނިވެރިކަން ފިލުވައިދޭނެ ބައިވެރިއެއް ހުންނާނެ މީހަކަށް ވެސް ނުވާނެ އެވެ. އެހެންނަމަވެސް މި އެކަނިވެރިކަމަށް ނިމުން ގެނުވުމަކީ ތިބާ އަމިއްލައަށް ވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން މި ލިޔުމުގައި ބަލައިލާނީ އެކަނިވެރިކަމުން ދުރުވުމަށް ކުރެވިދާނެ ހަތް ކަމަކަށެވެ.
ގަޔާވާ މަސައްކަތެއް ކުރަން ފެށުން
އެކަނިވެރިކަމަކީ ކޮންމެ އިންސާނެއްގެ ކިބައިގައި މާތްﷲ ލައްވާފައިވާ ޖަޒުބާތެކެވެ. ވުމާ އެކު އެކަނިވެރިކަމުން އަރައިގަތުމަށް އިޖުތިމާއި ކަމެއް ނުވަތަ ގަޔާވާ ހަރުދަނާ ކަމެއް ކުރަން ފެށުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މިފަދަ މަސައްކަތެއްގައި ޝާމިލްވުމުގެ ސަބަބުން ތިބާގެ އެކަނިވެރިކަން އަވަހަށް ހަނދާންނެތިގެންދާނެ އެވެ.
އިހުސާސްތައް އެހެން މީހަކާއި ހިއްސާކުރުން
އެކަނިވެރިކަމާ ގުޅިފައިވާ އެތައް ކަމެއް ހިތު ތެރޭގައި ވާނެކަން ޔަގީނެެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެހެން މީހަކާ އެވާހަކަތައް ހިއްސާކުރުމުން ތިބާގެ ހިތުގައި ފުނިޖެހިފައިވާ ކަންތައްތަކަށް ލުޔެއް ލިބިގެންދާނެ އެވެ. އަދި ތިބާގެ އެކަނިވެރިކަމުން އަރައިގަތުމަށް އެހެން މީހުންގެ އެހީތެރިކަން ވެސް ލިބިގެންދާނެ އެވެ.
ހިލޭސާބަހަށް މަސައްކަތްކޮށްދިނުން
ވޮލަންޓިއާ ކުރުން ނުވަތަ ހިލޭސާބަހަށް މަސައްކަތްކޮށްދޭ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަކީ ވެސް އެކަނިވެރިކަން ފިލުވައިދޭނެ ކަމެކެވެ. އަދި މުުޖުތަމުގައި ބޭނުން ޖެހިފައިވާ މީހުންނަށް ތިބާގެ ފަރާތުން އެހީއެއް ފޯރުކޮށްދެވުމަކީ އެކަމުގެ ސަބަބުން ހިތަށް ހިތްހަމަޖެހުން ގެނުވައިދޭނޭ ކަމެއް ވެސްމެ އެވެ.
އެކުވެރިންނާ އެކު ވަގުތު ހޭދަކުރުން
އެންމެ ކާރީގައި އުޅޭ މީހުންނަކީ އެކަނިވެރިން ކަމުގައި ނުވިނަމަވެސް ގިނަ ވަގުތު އެމީހުންނާ އެކު ހޭދަކުރަން ފެށުމުން ތިބާގެ އެކަނިވެރިކަމަށް ލުޔެއް ލިބިގެންދާނެ އެވެ. އަދި ތިބާ ވިސްނާ ފިކުރުކުރުމަށް ހޭދަކުރާ ވަގުތު މަދުވެ އުފާވާނެ ވަގުތުތައް ގިނަވެގެންދާނެ އެވެ.
އެކަނިވެރިވެ މާޔޫސްވާ ގިނަ ފަހަރުތަކުގައި ނުބައި ނުރަނގަޅު ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިފަދަ ކުށްތަކަށް އަރަގަތުމުން ދުރުވުމަށް އަބަދުވެސް ތިބާ ހެއްދެވި ފަރާތް ހަނދުމަކޮށް އެކަލާންގެއަށް ކިޔަމަންވުމުގައި ވަގުތުތައް ހޭދަކުރުން މުހިންމެވެ.