ިފިލަޑެލްފިޔާ (ޑިސެމްބަރު16): އެމެރިކާގެ އިރު އުތުރުގެ ރަށެއްކަމަށްވާ ފިލަޑެލްފިޔާގެ ތިން ސަރަހައްދެއްގައި ހަތިޔާރު ހިފައިގެންހުރި މީހަކު ބަޑިން ޙަމަލާދީ އާންމުންގެ 6 މީހުން މަރާލައިފި އެވެ.

ފިލަޑެލްފިޔާ ނިސްބަތްވާ ޕެންސިލްވީނިޔާ ސްޓޭޓްގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ފިލަޑެލްފިޔާގެ ތިން ސަރަހައްދެއްގައި އާންމުންނަށް ބަޑިން ޙަމަލާތައް ދީފައިވާ ކަމަށް ބެލެވެނި އެމެރިކާ ސިފައިންގެ ޚިދްމަތުގައި ކުރިން އުޅެފައިވާ ބްރެޑްލީ ވިލިޔަމް ނަމަކަށްކިޔާ އުމުރުން 35 އަހަރުގެ މީހެކެވެ. ހަތިޔާރުއެޅި މި މީހާ އަތުލައިގަތުމަށް ފިލަޑެލްފިޔާގެ ފުލުހުން މަސައްކަތްކުރަމުން ގެންދާއިރު އެމީހާ ފިލަން ވަދެފައިވަނީ ފިލަޑެލްފިޔާގެ ސޮޑްރޮޓޮން ސަރަހައްދުގައި ހުރި ގެއަކަށް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންވަނީ އެގެ ހިސާރުކޮށް އެގެއިން ނުކުތުމަށް އަޑުގަދަކުރާ ބޭނުންކޮށްގެން އޭނާ އަށް އަންގަމުންނެވެ.
ހަތިޔާރު ހިފައިގެން ހުރި މީހާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ޓަކައި ސޮޑްރޮޓޮން ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފައިވާ އިރު ފުލުހުންވަނީ ގޭންބޭރަށް ނުނުކުމެ ތިބުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. މިމީހާގެ ޝިކާރައަކަށް ވެގެން ފުރަތަމަ މަރުވިކަމަށް ވަނީ އަންހެނެއް ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)