15 Dec 2014, 14:05
އިންތިހާބު ފަސްވެ، ރައްޔިތުން މަގުތައް މައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުން، ޕްރެޝަރު ބޮޑުވެގެން ހެއިޓީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި އެވެ.
"އަހަރެން ބޮޑުވަޒީރުގެ މަގާމުން މިއަދު މި އިސްތުފާ ދެނީ އަހަރެންގެ ވައުދުތައް ފުއްދިއްޖެ ކަމުގެ ހިތްހަމަޖެހުމާ އެކު،" ލައުރަންޓު ލަމޯތޭ ޓީވީ މެދުވރިކޮށް ވިދާޅުވި އެވެ.
މުޒާހަރާ ކުރާ މީހުން އަޑުއުފުލަމުން އަންނަނީ ބޮޑުވަޒީރު ލޮމަންތޭގެ އިތުރަށް ރައީސް މައިކަލް މާޓަލޭ ވެސް އިސްތުއުފާ ދިނުމަށް އެދި އެވެ.
މާޓަލޭ 2011 ވަނަ އަހަރު އިންތިހާބަށް އިއުލާން ކުރި އެވެ. ކޮޅަކުން ކުރެ ކޮޅަކަށް ގުޑައިނުލައިގެން އިންތިހާބު ފަސް ކުރި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ ރައީސް ބޭނުންފުޅު ވަނީ ޑިކްރީއަކުން ގައުމު ހިންގެވުމަށް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ވޯޓު ނަގާ އިރު ސަރުކާރަށް މަންފާ ކުރާ ގޮތަށް ހެދުން ކަމަށެވެ.
ސަރުކާރުން ބުނަނީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އަތްގަދަކޮށްގެން ގިނަ ދުވަހު މަގާމުގައި ތިބުމަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވަނީ ޖެނުއަރީ އަށެވެ. އަދި އިންތިހާބު ބޭއްވެންދެން މާޓަލޭ ވެރިކަން ހިންގާނީ ގަރާރަކުންނެވެ.
ޑެޑްލޮކް އެޅުވިފައިވާ މައްސަލަ ހައްލު ކުރުމަށް އުފެއްދި ކޮމިޝަނުން ހުކުރު ދުވަހު ބުނީ ބޮޑުވަޒީރު ލަމޯތޭ އާއި ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރާއި އިލެކްޝަންސް ކޮމިޝަނަރު އިސްތިއުފާ ދެެއްވަން ޖެހޭނެ ކަމަށެވެ. ރައީސް މަޓާލޭ ކުރިން ވިދާޅުވީ ކޮމިޝަނުގެ ހޯދުން ގަބޫލު ކުރައްވާ ކަމަށާއި މާދަމާ ސަރުކާރު އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ހެއިޓީ ވަނީ 2010 ވަނަ އަހަރު ކުރިމަތިވި ބިންހެލުމުގެ ގެއްލުންތަކުން އަރައިނުގަނެވި އެވެ.
މައުލޫމާތު: ބޭރުގެ ނޫސްތައް