15 Dec 2014, 12:36
މިސްވޯލްޑް ކްރައުން އެޅި ފަހުން މިހާތަނަށް އެންމެ ކާމިޔާބު މިސްވޯލްޑުގެ ލަގަބް އިންޑިއާގެ މައްޝޫރު ފިލްމީ ތަރި އަދި ކުރީގެ މިސް ވޯލްޑެއް ކަމުގައިވާ އައިޝްވަރިޔާ ރާއީ ބަޗަން އަށް ލިބިއްޖެ އެވެ.
ލަންޑަންގައި އިއްޔެ ބޭއްވި ހަފްލާއެއްގައި އައިޝްވަރިޔާ އަށް އެ އެވޯޑް ލިބިފައި ވަނީ މިސްވޯލްޑްގެ ލަގަބް ލިބުނު ފަހުން ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އޭނާ ކޮށްފައިވާ ޗެރިޓީ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. އެގޮތުން މިސްވޯލްޑްގެ ލަގަބް ލިބުނު ފަހުން އޭނާ ވަނީ އުފަން ވުމުގައި ތުންފަތް އައިބުކޮށް ހުންނަ ގިނަ ކުދިންތަކެއްގެ އޮޕަރޭޝަން ކުރުމަށް އެހީތެރިވެދީފަ އެވެ.

އައިޝްވަރިޔާ: މިއަހަރުގެ މިސްވޯލްޑް ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި --
އައިޝްވަރިޔާ އަށް އެ އެވޯޑް ލިބުމާ ގުޅިގެން އެނާ ވަނީ އޭނާ އަށް ލިބުނު އެ ޝަރަފުވެރިމަގާމާ މެދު އުފާފާޅުކޮށް، އެފަދަ ލަގަބެއް އޭނާ އަށް ލިބުނީތީ މިސްވޯލްޑް މުބާރާތް ބާއްވާ ފަރާތަށް ޝުކުރު އަދާކޮށްފަ އެވެ.

މިއަހަރުގެ މިސްވޯލްޑް ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި އައިޝްވަރިޔާ އޭނާގެ އާއިލާ އާ އެކު --
އެ ރަސްމިއްޔާތުގައި އައިޝްވަރިޔާ އަށް ލިބުނު އެ ޝަރަފްގެ އެވޯޑާއި ހަވާލުވެފައިވުމަށް އޭނާ ދިޔައީ އޭނާގެ މަންމަ ރިންދާ ރާއީ އާއި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން އަދި ދަރިފުުޅު އަރާދިޔާ އާ އެކުގަ އެވެ.

މިއަހަރުގެ މިސްވޯލްޑް ހޮވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
މިއަހަރުގެ މިސްވޯލްޑްގެ ލަގަބް ހޯދާފައިވަނީ ސައުތު އެފްރިކާގެ ރީތީގެ ރާނީ ރޮލޭން ސްޓަރައުސް،22، އެވެ.