15 Dec 2014, 10:41
ރާއްޖޭގ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒަމްކޮށްގެން ކުރިއަށް ގެންދާ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް ދިވެހި ސިފައިންގެ ކްލަބް ދަތުރުކޮށްފިއެވެ.
އެ މުބާރާތުގައި އިއްޔެ ރޭ ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކުރީ ސްޕޯޓްސް ކްލަބް ސިޓީ އެވެ. އެ މެޗު ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ އަޝްފާގް އާދަމް އެވެ.
އެ މެޗުގެ ނަތީޖާއާއެކު ދިވެހި ސިފައިންގެ ކްލަބް މުބާރާތުގެ ފައިނަލަށް ދަތުރުކޮސްފައި ވާއިރު، ފައިނަލްގައި އެ ޓީމް ބައްދަލުކުރަން ޖެހޭނީ ޕޮލިސް ކްލަބާއެވެ. ޕޮލިސް ކްލަބް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކުރީ މުބާރާތުގައި ކުޅުނު ފުރަތަމަ ސެމީގައި ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކޮށް، އެ މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބު ކޮށްގެނެވެ.
އެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައެވެ.