14 Dec 2014, 23:25
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ ހުކުރު ދުވަހުގެރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 28 އަހަރުގެ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލިގެން ހޯދަމުން އަންނަނީ ސ. ހިތަދޫ، ވެސްޓްބީޗު، އަހުމަދު މިޝްފާގު ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައި ވަނީ އަހުމަދު މިޝްފާގު ގެއްލުނުކަން އެނގުނީ އޭނާ އަށް ރޭ ގަނޑު ބޭސްކާންދޭން ދިޔައިރު ނެތުމުންނެވެ. އަދި އޭނާ ހޯދުމަށް އެ ރަށު ތެރެ އާއި މޫދު ބަލަމުން އަންނަ ކަމަށް ވެސް ޖެންޑާއިން ވަނީ ބުނެފަ އެވެ.