14 Dec 2014, 21:37
ރަޝާގެ ރައީސް ވްލަޑީމިއާ ޕުޓިން ޖަންގައްޔަށް ދޫކޮށްލެއްވި މިނިކާވަގެއް ޗައިނާއަށް ގޮސް އޮއްވައި ވީޑިއޯކުރެވިފައި ވަނިކޮށް ފެނިއްޖެ އެވެ.
ސްކައިނިއުސް އިން ބުނީ ޕުޓިން ދޫކޮށްލެއްވި ކޫޒިއާ ނަމަކަށް ކިޔާ މިނިކާވަގު ޗައިނާގެ ހެއިޒިއާޒްނީގައި އޮޅު ކުއްތާއެއް ކާން އޮއްވައި ވީޑިއޯ ކުރެވިފައިވާ ކަމަށެވެ. ހެއިޒިއާޒްނީ އަކީ ޗައިނާ އާއި ރަޝާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ރަށެކެވެ.
މިހާރު ދުނިޔެ އިން މަދުވެފައިވާ އާމޫރު މިނިކާވަގު ދޫކޮށްލުމުގެ ކުރިން އެސޮރުގެ ގައިގާ ޓްރެކިން ޑިވައިސްއެއް (ދާ ތަންތަން ބެލޭ ކަހަލަ އާލާތެއް) ވަނީ ހަރުކޮށްފަ އެވެ. ސްކައިނިއުސް އިން ބުނީ އޭތި ކެމެރާ އަށް ގެއްލުމުގެ ކުރިން ކުއްތާ ކާން ދެގަޑި އިރު އޮތް ކަމަށެވެ. ޗައިނާގެ ގައުމީ ޓީވީއާ ހަވާލާދީ ސްކައިނިއުސް އިން ބުނީ ޗައިނާ އިން ބައެއް ނައަމް ސޫފިވެސް ކޫޒާ ކައިފައިވާ ކަމަށެވެ.
ކޫޒާއަކީ ރަޝާގެ އިރުމަތީގައިވާ އާމޫރުގެ ވައިލްޑްލައިފް ސެންޓަރަކުން ޕުޓިން ދޫކޮށްލެއްވި ތިން މިނިކާވަގުގެ ތެރެއިން އެކައްޗެވެ. އެމިނިކާ ވަގާ އެކު ޕުޓިން ނަންގަވާފައިވާ ފޮޓޯތަކެއް ރަޝާ މީހުން ފަހުރުވެރިކަމާ އެކު ސޯޝަލް މީޑިއާގައި ކުރިން ބޭނުންކޮށްފައިވެ އެވެ. އެއީ ޕުޓިންގެ ހިތްވަރުފުޅު ގަދަކަމުގެ ހެއްކެއް ކަމަށް ބައެއް މީހުން ވާހަކަ ދައްކަމުން ދަނިކޮށް ފަހުން އެނގުނީ ފޮޓޯ ނެންގެވީ މިނިކާ ވަގު މަޑުމައިތިރިކުރާ އިންޖެކްޝަން ޖަހާފައި ވަނިކޮށް ކަމެވެ. ޕުޓިން ވެސް ވަނީ ފަހުން އެކަމަށް އިއުތިރާފު ވެވަޑައިގެންފަ އެވެ.