އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ހޮއްވެވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޖިލީހަށް ފޮނުވާފައިވާ މައްސަލާގައި ގޮތެއް ނިންމެވުމަށް މިރޭ ބާއްވަން އެޖެންޑާކޮށްފައިވާޖަލްސާހުއްޓުވުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެމްޑީޕީން އެދިއްޖެ އެވެ.

އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިރޭ 8:30 ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. މަޖިލީހުގެޖަލްސާފަށާނީ މިރޭ 9:00 ގަ އެވެ.

އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރުމުން، އުއްތަމަ ފަނޑިޔާރުގެ މަގާމު ވަނީ ހުސްވެފަ އެވެ. އެ މަގާމަށް ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރެއްވުމަށް ޖޭއެސްސީން ނިންމާފައިވާ ނިންމުން މިރޭގެޖަލްސާއަށް ހުށަހަޅާނެ އެވެ. ޖަލްސާގެއެޖެންޑާގައި އޮތީ ވެސް ހަމައެކަނި އެ މައްސަލަ އެވެ.