ބުރުޒުމަގު ކަލާފާނު ސްކޫލް ކައިރީ ޕާކުކޮށްފައި އޮތް ޓެކްސީއަކާއި އަލިކިލޭގެފާނު މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރި ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުރުޒުމަގު ކަލާފާނު ސްކޫލް ކައިރީ ޕާކުކޮށްފައި އޮތް ކާރެއްގެ ވާތް ފަރާތު ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް މިއަދު ހަވީރު 5:12 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ ކާރަކީ ރާސަލް ޓެކްސީ ސެންޓަރުގެ ކާރެކެވެ.

ބުރުޒުމަގު ކަލާފާނު ސްކޫލް ކައިރީއޮތް ކާރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި ---- ސަން ފޮޓޯ: އަހްމަދު އާޒިފް

އަލިކިލޭގެފާނު މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު އިރުއޮއްސި 6:30 އެހައިކަންހާ އެވެ. ބިއްރޫރިގަނޑު ތަޅާލާފައި ވަނީ ބޭބީ ޕްލަސް ނަމަކަށް ކިޔާ ފިހާރައެއްގެ އެވެ.

އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.