ޗައިނާ ސަރުކާރުގެ ހިލޭ އެހީ ދަށުން ލ. އަތޮޅުގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑުގެ މަޝްރޫ ރަސްމީކޮށް އިފްތިތާހު ކުރުން މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މީގެ ދެ މަސް ކުރިން ފަށާފައިވާ އެ މަޝްރޫއުގެ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނީ މާދަމާ ލ. ފޮނަދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށެވެ.

ލ. އަތޮޅުގައި ގާއިމް ކުރާ ލިންކް ރޯޑްގެ މަޝްރޫއު މަދަމާ ރޭ ރަސްމީކޮށް އިފްތިތާހު ކުރާނެ -- ސަން ފޮޓޯ އަލީ ވާފިރު

މާދަމާ ރޭ އެ މަޝްރޫއު އިފްތިތާހު ކުރާ އިރު އެ މަޝްރޫއުގެ ދަށުން ހެދުމަށް ހަމަޖައްސާފައިވާ މަގު އެއްވަރު ކުރުމުގެ މަސައްކަތާއި މަޝްރޫއަށް ބޭނުންވާ ސައިޓްގެ މަސައްކަތާއި މަގަށް އަރާފައިވާ ރުއްތައް ވަނީ ކަނޑާނިންމައުފަ އެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ.
ލ. އަތޮޅުގައި ގާއިމް ކުރާ ލިންކް ރޯޑްގެ މަޝްރޫއު މަދަމާ ރޭ ރަސްމީކޮށް އިފްތިތާހު ކުރާނެ -- ސަން ފޮޓޯ އަލީ ވާފިރު

އެެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ. އެ މަޝްރޫގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ އެވެ.