14 Dec 2014, 11:43
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.
އަލީ ވަހީދު ކުރެވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސުޕުރީމް ކޯޓުގެ ބެންޗު ކުޑަކޮށް ދެ ފަޑިޔާރުން މަގާމުން ވަކިކުރުމަށް ކަމަށް ބުނެ "ސަރުކާރުން މިއަދު ހިންގާ ޣައިރު ގާނޫނީ ޖަރީމާ ބާތިލްކޮށް ހުއްޓުވުމަށް" އެދި އެމްޑީޕީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
Miadhuge Qairu Qaanoonee Jareemaa Bathilkoh Huttuvan Edhi MDPge Faraathun Civil Courtgai Massala File Koffin.pic.twitter.com/FNhp8CTjjx
— Ali Waheed (@ali20waheed)December 14, 2014
އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވާ އިރު ގާނޫނީ ވަކީލު ޝާހީން ހަމީދާއި ގާނޫނީ ވަކީލު ހަސަން މާޒު ޝަރީފް އަދި ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވަނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް ހުށައަޅާފައެވެ.