ނ. ވެލިދޫ ގެއަކުން ވަގަށް ނަގާފައިވާ އައިސް އަލަމާރިއަކާއި ދޮންނަ މެޝިނެއް ހޯދައި އެތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިއްޔެރޭ ހައްޔަރު ކުރީ އުމުރުން 38 ފިރިހެނެއް ކަމަށެވެ.

ވަގަށް ނެގި ދޮންނަ މެޝިނާއި އައިސް އަލަމާރި ފެނިފައި ވަނީ ހައްޔަރު ކުރި މީހާ ދިރިއުޅުނު ގޭގެތެރެއިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.