2 ފެބްރުއަރީ 1922- އެޗްސީޕީ ބެލް ތިން ވަނަ ފަހަރަށް ރާއްޖެ ޒިޔާރަތް ކުރި އެވެ.

2 ފެބްރުއަރީ 1972- ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގާނޫނު އަސާސީއަށް ގެންނަން ހުށަހެޅި އިސްލަހުތަކެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ.

2 ފެބްރުއަރީ 1974- ޔޫއެސް ރަޝިޔަން ސްޕޭސް އިޝޫ ކިޔާ ރާއްޖޭގެ އާ ސްޓޭމްޕެއް ނެރުނެވެ.

2 ފެބްރުއަރީ 1978- ޅ. ފެލިވަރުގައި ހެދި ދަޅުގައި މަސްބަންދުކުރާ ކާރުހަނާ ހުޅުވުމުގެ ރަސްމިއްޔާތު ވިލިނގިލީ ރިސޯޓްގައި ބޭއްވި އެވެ.

2 ފެބްރުއަރީ 1983- އިންޓަނޭޝަނަލް ފިނޭންސް ކޯޕަރޭޝަންގެ މެންބަރަކަށް ރާއްޖެ ވިއެވެ.

2 ފެބްރުއަރީ 1988- ސ. ފޭދޫއަށް އާންމުކޮށް ސަރުކާރުން ކަރަންޓްގެ ހިދުމަތް ދޭން ފެށި އެވެ.

2 ފެބްރުއަރީ 1994- އިންޑިއާ ސަރުކާރުން އިމާރާތްކޮށްދިން ހޮސްޕިޓަލް އައިޖީއެމްއެޗް ސަރުކާރާ ހަވާލު ކުރި އެވެ.

2 ފެބްރުއަރީ 1995- ސެންޓްރަލް ހޮސްޕިޓަލްގައި ދެމުން އައި ސިއްހީ ހިދުމަތް އައިޖީއެމްއެޗަށް ބަދަލު ކުރުމަށްފަހު މާލޭ ސެންޓްރަލް ހޮސްޕިޓަލް ބަންދުކުރި އެވެ.

-- މައުލޫމާތު ގަރުނުގެ ފޮތް، އަދި ސަން އާކައިވްސް