13 Dec 2014, 12:24
ކައިވެނި ހަފުލާތަކާއި ޖަނާޒާތަކާއި އަދި އެ ނޫނަސް ގައުމީ ކަންކަމުގައި ނޫނީ ޗައިނާގެ ގައުމީ ސަލާމް ކުޅުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
ޒިންހުއާ ނިއުސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނީ "މާޗު އޮފް ވޮލަންޓިއާސް" ކުޅެވޭނީ ގައުމީ ހަފްލާތަކުގަ އާއި އާންމު ސިޔާސީ ކަންކަމުގައި ކަމަށެވެ. އަދި ރަސްމީ ޑިޕޮލަމެޓިކް އެއްވުންތަކާއި އަދި ފާޅުކަން ބޮޑުކޮށް ބާއްވާ ބައިނަލްއަގުވާމީ ހަފްލާތަކުގައި ކަމަށެވެ. ކުޅިވަރުތަކުގައި ގައުމަށް ރީތި ނަން ހޯދުމުގެ މުނާސަބަތުތައް ފާހަގަ ކުރާ އިރު ވެސް ގައުމީ ސަލާމް ކުޅެވިދާނެ ކަމަށެވެ.
އެ ގަވާއިދު މުގުރާލާ މީހުންނަށް ނަސޭހަތް ތެރިވެ ހަމަ މަގަށް އަޅުވާނެ ކަމަށް ޒިންހުއާ ނިއުސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ. ޗައިނާގެ ގައުމީ ސަލާމަކީ 1949 ވަނަ އަހަރު ހަދާފައިވާ ގައުމީ ސަލާމެކެވެ.