ޔޫރަޕްގެ ވައިގެ ނެވިގޭޝަނާ ބެހޭ އިދާރާ ޔޫރޯ ކޮންޓްރޯލްގެ ކޮމްޕިއުޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

ޔޫރޯކޮންޓްރޯލް އާ ހަވާލާދީ އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން ބުނީ އެމައްސަލައިގެ ސަބަބުން ލަންޑަނަށް ދަތުރުކުރާ އަދި އެ ރަށުން ފުރާ މަތިންދާބޯޓްތަކުގެ ދަތުރުތައް ވަރަށް ބޮޑަށް ލަސްވެދާނެ ކަމަށެވެ.

އެއާޓްރެފިކްގެ ކަންތައް ބަލަހައްޓާ ނެޓްސް ގްރޫޕުން ބުނެފައި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ސްވޯންވިޗް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ މައާފަށް އެދޭ ކަމަށާއި އެކަން ހައްލުކުރަން އިންސިޑެންޓް ރެސްޕޮންސް ޓީމް މިހާރު ހަރަކާތްތެރި ކުރުވާފައިވާ ކަމަށް ނެޓްސް އިން ވަނީ ބުނެފަ އެވެ. އެގްރޫޕުން އެހެން ގްރޫޕްގެ ބުނެފައި ވަނީ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނެއްގަ އެވެ. މައްސަލަ ހައްލުކުރުމަށާއި އެކަމާ ބެހޭ އިތުރު ތަފުސީލު ހާމަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ލަންޑަނުގައި ހަ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ އިރު އެ އެއާޕޯޓްތަކަކަކީ ވަރަށް ގިނަ އަދަދެއްގެ ދަތުރުތައް އެތަންތަނުން ކުރަމުން އަންނަ އެއާޕޯޓް ތަކެކެވެ.