01 Feb 2011, 22:20
ދިރާގު 6 ވަނަ ޤައުމީ ބާސްކެޓްބޯލް ލީގުގައި ރޭ ކުޅެވުނު މެޗުގައި ރެޑްލައިން އަތުން އެންމެ ޕޮޓެއްގެ ތަފާތުން މޮޅުވެގެން ކުރިއަށް މެޗެއް އޮއްވާ ޓީރެކްސް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި އެވެ.
ރެޑްލައިން ކްލަބާއި ވާދަކޮށް ޓީރެކްސް ރޭ މޮޅުވީ 63-61 ޕޮއިންޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ މުހައްމަދު ޒިލާލެވެ. އޭނާ ވަނީ ބަޔަށް 22 ޕޮއިންޓް ހޯދާދީފައެވެ.
ޓީރެކްސް މިހާތަނަށް ކުޅުނު 5 މެޗުންވެސް ވަނީ މޮޅުވެފައެވެ. ކުރިއަށް އެޓީމަށް ދެން އޮތް ދިވެހި ސިފައިންގެ ކްލަބް މެޗު އަތުން ބަލިވިއަސް ޕޮއިިންޓްގެ ގޮތުން އެހެން ޓީމަކަށް އެއްވަރެއް ނުކުރެވޭނެ އެވެ. ޕޮއިންޓްގެ ގޮތުން އެންމެ ކައިރީގައިވާ ހަރިކޭންވެސް ވަނީ ދެމެޗުން ބަލިވެފައެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ހަރިކޭނާއި ދިވެހި ސިފައިންގެ ކްލަބެވެ.