12 Dec 2014, 19:50
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ތަކެއްގެ ހިދުމަތް މެދުކެނޑިގެން އުޅެނީ ކުރަމުން އައި ޓެކްނިކަލް މަސައްކަތެއްގެ ސަބަބުން ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު "ސަން"އަށް ވިދާޅުވީ އޭޓީއެމްތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"...ކުރަމުން އައި މަސައްކަތެއްގެ ސަބަބުން އެހެން ދިމާވީ، އެ މައްސަލަ ހައްލުކުރަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ. މިރޭ ގާތްގަނޑަކަށް 8.30 އެހާކަށް ހާއިރު ހައްލުވާނެ ކަމަށް ބެލެވެނީ،" ސައީދު ވިދާޅުވި އެވެ.
މާލޭގައި ހުރި ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ އޭޓީއެމްތަކެއްގެ ހިދުމަތް މެދުކެނޑިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެކަމުގެ ސަބަބުން ބޭންކްގެ ކަސްޓަމަރުންނަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.