ފާޑުކިޔުންތައް އަމާޒުވެ، ވިޔަފާރިއަށް ގޮންޖެހުންތަކާ ކުރިމަތިވުމުން، ތީމް ޕާކް ހިންގާ ކުންފުނި، ސީ ވޯލްޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޖިމް އެޓްސިސޯން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އެ ކުންފުނީގެ ތަރުޖަމާނާ ހަވާލާދީ ބޭރުގެ ނޫސްތަކުން މިއަދު ބުނީ އޭނާ އިސްތިއުފާ ދެއްވަނީ އިހުތިޔާރުގައި ކަމެއް އަދި މަޖުބޫރުން ކަން ނޭނގޭ ކަމަށެވެ. ނަމަވެސް ޖިމްގެ އިސްތިއުފާ އާ އެކު އެ ކުންފުނިން ހިންގާ 11 ޕާކަކުން ގިނަ ބަޔަކު ވަޒީފާ އިން ވަކިކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސީ ވޯލްޑް އިން ބުނީ އެ ކުންފުނި ރީ ސްޓަރަކްޗާ ކުރުމުގެ ސިޔާސަތުގެ ދަށުން 2015 ވަނަ އަހަރު ނިމުގެ ކުރިން 50 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.

އެކުންފުންޏަށް ފާޑުކިޔުންތަކާ ކުރިމަތިވީ މިދިޔަ އަހަރު ނެރުނު ޑޮކިޔުމެންޓްރީ ފިލްމް "ދަ ބްލެކް ފިޝް"ގައި ބޮޑުމަސް ޓްރޭން ކުރަން އުޅުނު މީހަކު މަރުވާތަން ފެނުމުންނެވެ.

ދެ ހާސް ނުވަ ވަނަ އަހަރު ސީއީއޯ ކަމާ ހަވާލުވި ޖިމް ވަޒީފާ އިން ވަކިވާނީ އަންނަ ޖެެނުއަރީ މަހު 15ގަ އެވެ. އަދި އޭނާ އަށް އޭރު 2.4 މިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.