ސަރީލަންކާގެ އެއާފޯސް މަތިންދާ ބޯޓެއް ކޮލަމްބޯ ބޭރަށް މިއަދު ވެއްޓި އެކަކު ޒަހަމުވެ، ހަތަރު މީހަކު މަރުވެއްޖެ އެވެ.

ލަންކާ އެއާފޯސް ތަރުޖަމާނާ ހަވާލާދީ އޭޕީ އިން ބުނީ ބޯޓު ވެއްޓުނީ ދުންފިންޏާއި މޫސުމް ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު އަތުރުގިރިޔާ ސަރަހައްދަށް ކަމަށެވެ.

ތަރުޖަމާނު ބުނީ އެ ބޯޓު އުދުހުނީ ކަލަމްބޯ ކައިރީގައި އޮންނަ ދެ އާޕޯޓެއްގެ ދެމުދު ކަމަށާއި ބޯޓު ވެއްޓެން ދިމާވީ ޕައިލެޓަށް ރަންވޭ ނުފުނުމުގެ ސަބަބުން ކަމަށެވެ.

އަދި ބުނީ މަރުވި ހަތަރު މީހުންގެ ހަށިގަނޑު ބޯޓު ވެއްޓުނު ތަނުން މިހާރު ހޯދިފައިވާ ކަމަށާއި އަދި ޒަހަމުވި މީހާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.