ޅ. ނައިފަރުގައި އަލަށް އަޅާ މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަޅުއްވައިދެއްވައިފި އެވެ.

ނައިފަރުގައި އޮތް ރަސްމިއްޔާތުގައި އެ މިސްކިތުގެ ބިންގާ މިއަދު ހަވީރު އަޅުއްވައިދެއްވީ ރައީސް ޔާމީން އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވީ މި މިސްކިތަކީ ނައިފަރު ރައްޔިތުންގެ ވަރަށް ބޮދު އެދުމުގެ މަތިން އަޅާ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތަކީ އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައިގެން އަޅާ މިސްކިތެއް ކަމަށް އޭނާ ވިދާލުވި އެވެ.

"މިއީ ނައިފަރު ރައްޔިތުންގެ ވަރަށް ބޮދު އެދުމެއް. އަދި އަޅުގަނޑުމެން މި މިސްކިތް މިއަޅަނީ ރައްޔިތުންގެ އެދުނު ގޮތަށް ރައްޔިތުން ބުނި ސަރަހައްދުގައި. އިރާދަކުރެއްވިއްޔާ މި މިސްކިތަކީ އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާގެން އަޅާ މިސްކިތެއް."

ޅ. ނައިފަރުގައި އަލަށް އަޅާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ތެރެއިން-- ސަން ފޮޓޯ/ އާދަމް ނަޒީރު

ނައިފަރުގައި މިހާރު ވެސް ތިން މިސްކިތެއް ހުރެ އެވެ. އެހެންނަވެސް ނައިފަރު ދައިރާގެ މެމްބަރު ވިދާޅުވީ އެ ތިން މިސްކިތުގައި އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ.

ނައިފަރުގައި މިއަދު ބިންގާ އެޅި މިސްކިތާ އެކު އެ ރަށުގައި ޖުމުލަ ހަތަރު މިސްކިތް ހުންނާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދާއި އެޕާޓިގެ ނައިބު ލީޑަރު އަހުމަދު މައުރޫފުގެ އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ބައިވެރިވަޑައިގަތެވެ.