އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައިވާ އެތަނުގެ ޕެނަލް ބޯޑުތަކުގެ ބަދަލުގައި ބަހައްޓާ އާ ޕެނަލް ބޯޑުތައް ރާއްޖެ ގެނެސްފި އެވެ.

ސިންގަޕޫރުގައި ފަރުމާކޮށްގެން އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި ބޭނުން ކުރުމަށް ހާއްސަކޮށްގެން ހެދި އެ ޕެނަލް ބޯޑުތައް މާލެ ގެނެސްފައި ވަނީ އެތަކެތި ސިންގަޕޫރުން ބަރުކޮށްގެން އައި ސްރީލަންކާގެ އަސްކަރީ ބަތިންދާ ބޯޓެއްގައި އެވެ. އެ ބޯޑު މިއަދު މެންދުރު ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފަ އެވެ.

އާ ޕެނަލް ބޯޑުތައް ހިފައިގެން އައި ސްރީލަންކާގެ އަސްކަރީ ބޯޓުން އެތަކެތި ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ ފަޔާޒު މޫސާ

އަލަށް ގެނައި އެ ޕަނަލް ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް މީހާ ވެސް އަވަހަކަށް ފަށާނެ ކަމަށް ފެނުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުފެއްދި ޓާސްކް ފޯސްގެ ޗެއާމަން އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.