11 Dec 2014, 12:13
ކ. ތިލަފުށީގެ އިރު ދެކުނު ފަރަށް އިއްޔެ ހަވީރު އެރި އާގު ބޯޓު ފުންކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު "ސަން" އަށް ވިދާޅުވީ ތިލަފުށީ ފަރަށް އެރި އެބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ކޮށްފައި ވަނީ ބޯޓުގެ ވެރިފަރާތުން ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ގދ. އަތޮޅަށް މުދާ ހުސްކުރުމަށް ފަހު މާލޭ ހާބަރުގައި ބަނދަރު ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު އިއްޔެ ހަވީރު ލިބުނީއްސުރެ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް ގެންދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން، ބޯޓު ފުންކުރެވެން ދެއް އެމްއެންޑީއެފުން ވަނީ އެހީތެރިވެދީފައި،" އޮފިސަރު ވިދާޅުވި އެވެ.

މި ބޯޓަކީ ޑޮމިނިކާގައި ރަޖިސްޓަރީކޮށްފައިވާ 71 މީޓަރު ދިގު ކާގޯ ބޯޓެކެވެ.