11 Dec 2014, 12:10
މިއަދު ހެނދުނު މާލެ އަށް ބޯކޮށް ވާރޭވެހި މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފުގެ ފަރާތުން ފެން ހިއްކުމުގެ މަސައްކަތް ފައްޓައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގިޔާސުއްދީން ސްކޫލް ހުންނަ އަމީނީމަގުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެ އަށް 68 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އަދި މިއަދު ހެނދުނު އެކަނި 40 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ވެސް މާލެ އަށް ވިއްސާރަ ކުރާނެ ކަމަށެވެ.