11 Dec 2014, 11:34
މިރޭ ނައިފަރުގައި އޮންނަ މަސްވެރިންގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން މިއަދު ނައިފަރަށް ފުރާވަޑައިގެންފި އެވެ.
ފެލިވަރުގައި ހުރި ސަންގެ ޖާނަލިސްޓް އާދަމް ނަޒީރު ބުނީ ރައީސް ޔާމީން ދެންމެ ފެލިވަރަށް ވަޑައިގެންފި ކަމަށާއި މިއަދު އެ ރަށުގައި މަސްވެރިންނަށް ހާއްސަ މެރީނާއެއް ރައީސް ހުޅުވައި ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ އަށް ފަހު ނައިފަރަށް ވަޑައިގެން މިރޭ އެ ރަށުގައި އޮންނަ މަސްވެރިންގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއް ވާނީ އެ މަނިކުފާނު ކަމަށް، ޕްރޮގްރާމާ ހަވާލާދީ ސަންގެ ރިޕޯޓަރު ބުންޏެވެ.
ސަންގެ ރިޕޯޓަރު ބުނީ މަސްވެރިންގެ އެރީނާ އިން ފެލިވަރަށް މަސްކިރަން އަންނަ މީހުންނަށް އެެކޮމަޑޭޝަނާއި ކެރަމް ރާޒުވާ ފަދަ ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި ކެފޭއެއްގެ ހިދުމަތުގެ އިތުރަށް މަސްވެރިކަމަށް ބޭނުންވާ ބުޅިކަންވާރުގެ އިތުރަށް ހުރިހާ އާލާތެެއް ވިއްކަން ހުންނަ ހާއްސަ ފިހާރައެއް ހުންނާނެ ކަމަށެވެ.