ފަލަސްތީނުގެ ވެސްޓް ބޭންކް ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާއެއްގައި ބައިވެރިވި ފަލަސްތީން މިނިސްޓަރަކަށް އިސްރާއީލުން އަނިޔާކޮށް އަވަހާރަކޮށްލައިފި އެވެ.

ފަލަސްތީނުގެ މިނިސްޓަރެއް ކަމަށްވާ ޒައިދު އަބޫ އެއިން، 55، އަވަހާރަވީ އިސްރާއީލް ސަލާމަތީ ބާރުތަކުން ދިން އަނިޔާތަކުގެ ސަބަބުން ކަމަށްވެ އެވެ. އިސްރާއީލް ފުލުހުން އޭނާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މުޒާހަރާ ހިނގި ސަރަހައްދުގައި ތިބި ގިނަ ބައިވެރިން ބުނާ ގޮތުގައި މިނިސްޓަރު މަރުވާން ދިމާވީ އިސްރާއީލުގެ ފުލުހުން އޭނާއަށް ބޮޑެތި އަނިޔާތަކެއް ކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަލަސްތީނުގެ ޑޮކްޓަރުން ބުނާ ގޮތުން އޭނާ މަރުވުގެ ސަބަބަކީ ކަރުނަ ގޭސް ހަށިގަނޑުގެ ތެރެއަށް ގިނަ އަދަދަކަށް ވަނުމުންނެވެ.

ފަލަސްތީނުގެ މިނިސްޓަރެއް ކަމަށްވާ ޒައިދު އަބޫ އެއިން: އަވަހާރަކޮށްލީ އުމުރުފުޅުން 55 އަހަރުގައި--

މުޒާހަރާ ތެރޭގައި ހަމަނުޖެހުން ހިނގި ވަގުތު އިސްރާއިލުގެ ސެކިއުރިޓީ އޮފިސަރަކު އަބޫ އެއިންގެ މޭމަތީގައި ޖެހި ކަމަށް ނޫސްވެރިން ރިޕޯޓުކޮށްފައިވެ އެވެ. އަދި ބުނީ މިނިސްޓަރު ބައިވެރިވި މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ.

އިސްރާއިލްގެ ނޫސްވެރިން ވެސް ވަނީ އޭނާއަށް އިސްރާއިލުގެ ސިފައިން އަނިޔާ ކުރި ކަމަށް އެއްބަސްވެފަ އެވެ. މިނިސްޓަރު އަވަހާރަކޮށްލި މައްސަލަ ބަލަމުންދާ ކަމަށް އިސްރާއިލް އާމީގެ ސްޕޯކްސްޕާސަން އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ޒައިދު އަބޫ އެއިންގެ ޖަނާޒާގެ ތެރެއިން: ފަލަސްތީން ޑޮކްޓަރުން ބުނަނީ އޭނާ އަވަހާރަވީ ކަރުނަ ގޭސް ހަށިގަނޑުގެ ތެރެއަށް ގިނަ އަދަދަކަށް ވަނުމުން ކަމަށް-

ކުރީގެ ޕްރިޒިނާސް އެފެއާސްގެ ޑެޕިއުޓީ މިނިސްޓަރު އަބީ އެއިންގެ މަރާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ އެ މަރަކީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ "އެކަށީގެންވާ" ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މިނިސްޓަރު އަވަހާރަވުމުން، އާއިލާ ހިތާމާގައި