10 Dec 2014, 18:00
ތިލަފުށި އިރު ދެކުނު ފަރާތު ފަރަށް ކާގޯ ބޯޓެއް އަރައިފިއެވެ. އެއީ ޑޮމިނިކާގައި ރަޖިސްޓަރީކޮށްފައިވާ 71 މީޓަރު ދިގު ކާގޯ ބޯޓެކެވެ.
އެމްއެންޑީއެފުން ބުނީ ބޯޓު ފުން ކުރުމަށްޓަކައި ޓަގެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ގުޅިގެން ބޯޓުގެ ވެރިފަރާތުން މިހާރު ކުރަމުންދާ ކަމަށެވެ. އެ ބޯޓް ފަރަށް އެރީ މިއަދު ހަވީރު 4:00 ޖެހި ފަހުންނެވެ.

ތިލަފުށީ ފަރަށް ކާގޯ ބޯޓެއް އަރާފައި-- ސަން ފޮޓޯ/ އަލީ ޝިރުފާން