10 Dec 2014, 16:22
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމަށާއި ގައުމަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަަސައްކަތް ކުރަމުން ގެންދާނެ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅިގެން ނައިބް ރައީސް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންސާނީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ޓަކައި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
"މިހާރަށް ވުރެ ރަނގަޅު މިހާރަށް ވުރެ ރަނގަޅު ދުނިޔެއަކަށް ޓަކައި އަހަރެމެން ގުޅިގެން އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ،" ނައިބް ރައީސް ވިދާޅުވެފައިވެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓް---ފޮޓޯ: ޓްވިޓާ
މީގެއިތުރުން ދިވެހިންގެ މެދުގައި އިގުތިސާދީ އަދި އިޖުތިމާއީ ރައްކާތެރިކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ހުއްޓާނުލައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"ދިވެހި ރައްޔިތުންގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް މިސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ،" ޑރ. ޖަމީލްގެ ޓުވީޓްގައިވެ އެވެ.