ހުޅުމާލޭގައި ބަހަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 11:45ގައި ހުޅުމާލޭ އަސުރުމާހިނގުމުގައި އެއްކޮޅަށް ދުއްވާފައި ދިޔަ އެމްޓީސީސީ އެކްސްޕްރެސް ބަހަކާއި ބައިސްކަލެއް ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ބައިސްކަލް ދުއްވަން އިން ބަންގްލަދޭޝް މީހާއަށް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާ އަށް ލިބުނީ ކިހާ ސީރިއަސް އަނިޔާތަކެއް އަދި ސާފެއް ނުވެ އެވެ.