ލޯކަލް މާރުކޭޓާ ދިމާލުން ފަޅުގައި އަޅާފައި އޮތް ބޯޓެއްގެ އިންޖީން ރޫމުގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ހުސައިން އަލީ މިރޭ ވިދާޅުވީ މިރޭ 10 ޖަހާ އެހާއިރު މާލެ ފަޅުގައި އަޅާފައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް އެ ސަރަހައްދަށް ދިޔައިރު، އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަލިފާން ނިއްވާލާފައި ވަނީ ދޯނީގެ ފަޅުވެރިން ކަމަށް ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޓުގައި އަލިފާން ރޯވީ ދޯނީގެ އިންޖީނު ރޫމުގެ ޖަނަރޭޓަރަށް ގުޅާފައި ހުރި ނަރުތަކެއްގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ހުސައިން ވިދާޅުވި އެވެ.