މި މަހުގެ ފެން ބިލަށް ފައިސާ ނުނެގުމަށް ގޮވާލައި އެމްޑީޕީން މިރޭ މާލޭގައި ކުރި މުޒާހަރާއަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގުމުން ހަތަރު މީހަކު ޒަހަމެއްވެއްޖެ އެވެ.

ސޯސަންމަގު ރޯޝަނީ ބިލްޑިން ކުރިމަތީގައި އެމްޑީޕީން ކުރަމުންދާ މުޒާހަރާއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމުން ޒަހަމްވެފައި ވަނީ އާންމުންގެ ދެ މީހަކާއި ފުލުހެކެވެ. ޒަހަމްވި މީހުންގެ ތެރޭގައި މުޒާހަރާގައި ބައިވެރިވި އަންހެނަކު ވެސް ހިމެނެ އެވެ. އޭނާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މިރޭގެ މުޒާހަރާގައި ފުލުހުން އަމަން ބަލަހައްޓަމުން ދަނިކޮށް، ހިނގި ހަމަނުޖެހުމުގައި އަނގަމަތި ފަޅައިގެން ދިޔަ ފުލުސް މީހާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިރޭ ކުރި މުޒާހަރާ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރު ނުފުރޭ ތިން ކުޑަކުދިން ކަމަށެވެ.