09 Dec 2014, 19:43
ކ. ހުރާ ކައިރިން ދުއްވި ދެ ޖެޓްސްކީއެއް އެކްސިޑެންޓުވެ، ދެ ޓޫރިސްޓަކަށް އަނިޔާވެއްޖެ އެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ޑެންމާކުގެ އަންހެނަކާއި ފިރިހެނެކެވެ.
މިއަދު އިރުއޮއްސި 6:00 ޖަހަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ދެ ޓޫރިސްޓުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ އެކްސިޑެންޓް ހިނގާފައިވަނީ ދެ ޖެޓްސްކީ އެއްވަރަކަށް ދުއްވާފައިދަނިކޮށް، އެތަނުން އެއް ޖެޓް ސްކީ ކުރިއަށްޖެހި އަނބުރާލިތަނުން އެކްސިޑެންޓުވެގެންނެވެ.