09 Dec 2014, 19:20
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ވިލިމާލެ، ވިލިގިލިއާބާރު ގޭގައި ފިލާ ތިއްބައި ކަމަށެވެ.
މިއަދު އިރުއޮއްސި 6:00 ހާއިރު ހައްޔަރު ކުރި ތިން މީހުންނަކީ ހ. ރޯޒަންޑޭލް ޝައިބާން ޒުފުރަތު އިސްމާއީލް 18، އާއި ގދ. ގައްދޫ، ދަނބުފަށުއިގެ އުލްޔާން އަހުމަދު 19، ގެ އިތުރުން ގއ.ދާންދޫ، ފަހުދާވާދީ ފައްސާން ވަލީދު 19، އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 16 ދުވަހު ބިލަބޮންގް ތެރޭ މާރާމާރީ ހިންގައި ޒުވާނަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުން ހައްޔަރު ކުރި 18 އަހަރުގެ މީހާގެ ތަޙުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ.