09 Dec 2014, 18:40
ލ. ހިތަދޫގައި ލައިސެންސް ނެތި ސައިކަލް ދުއްވި މީހަކު ފުލުހަކު ދުއްވި ސައިކަލެއްގައި ޖެހި، އެކްސިޑެންޓުވެ، އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:45 ހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތި ސައިކަލް ދުއްވި އުމުރުން 26 އަހަރުގެ ޒުވާނަކަށް ކަމަށެވެ.
ހިތަދޫ ސިއްހީ މަރުކަޒުން ބުނީ އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެން ގޮސް، ނޫފައިގެން ގޮސްފައިވާ ކަމަށެވެ. އެ ހާނިކަތަކުގެ އިތުރަށް އެހެން އެއްވެސް ސީރިއަސް ޒަހަމްތަކެއް ބޭރު ފުށުން ފެންނަން ނެތް ކަމަށް ހިތަދޫ ސިއްހީ މަރުކަޒުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ހިތަދޫ އޯކިޑް މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލަކާއި އޯކިޑްމަގަށް ނިކުތް ސައިކަލެއްގައި ޖެހިގެން ކަމަށެވެ.