09 Dec 2014, 11:41
ކާޑުގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޑިއުޓީ ނުނެގުމަށް ރައީސް ނިންމަވައިފި ރާއްޖެ އެތެރެކުރާ ހަނޑޫ ހަކުރު އަދި ފުށުގެ ބާވަތްތަކުން އެއްވެސް ޑިއުޓީއެއް ނުނެގުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އެގޮތަށް ނިންމެވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ އިކޮނޮމިކް ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ކަމަށެވެ.
"މިހާރު ކުރިއަށްދާ އިކޮނޮމިކް ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ ހަކުރު އަދި ފުށުން އެއްވެސް ޑިއުޓީއެއް ނުނެގުމަށް ރައީސް ނިންމަވައިފި،" އަދީބު ވިދާޅުވި އެވެ.
Emergency Economic council Meeting on going where President Yameen has just decided not to impose any duty on Sugar,Rice,Flour(Staple Foods)
— Ahmed Adeeb (@Ahmed_Adeeb)December 9, 2014
މީގެއިތުރުން ޕީޕީއެމްގެ ޕާލިމަންޓްްރީ ގްރޫޕްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މީގެކުޑައިރުކޮޅެއް ކުރިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހުގައި ހިމެނޭ ހަނޑޫ ހަކުރު އަދި ފުށުގެ ބާވަތްތަކުން ޑިއުޓީ ބޮޑު ނުކުރުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ފަށައިފައިވާ ކަމަށެވެ.
Import export ge gaanoon ah genna islaah gai himeney Handoo, hakuru, adhi Fushun Duty bodu Nukurumah PPM PG in Massakaiy Fashaifi.
— Ahmed Nihan (@ahmed_nihan)December 9, 2014