އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އައްޑޫ ހިތަދޫ ލިންކް ރޯޑުގައި ހުންނަ ޕަވާ ޕާކް ކުރިމަތީ މިރޭ 8:05ގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދިއްޖާ ހަފްސާ މިރޭ ސަން އަށް ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ ތިން ޒުވާނުންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

"ޒުވާން ތިން ފިރިހެން ކުދިންނަށް އަނިޔާވެގެން ގެނައީ. ތިން ކުދިން ވެސް ސްޓޭބަލް. ކުދިކުދި އަނިޔާވެފައި ހުރީ،" ހަފްސާ ވިދާޅުވި އެވެ.

ފުލުހުން ބުނީ އެހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.