01 Feb 2011, 14:17
މިހާރު ކުރިޔަށްދާ އެންމެ ބޮޑު މަޝްރޫއަކީ ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރުމުގެ މަސައްކަތް ކަމަށް ރައީސުލް ޖުމްހޫރިއްތާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްއެންބީސީ ވަން އިން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، ގެނެސްދިނުން އިފްތިހާ ކޮށްދެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޤައުމިއްޔަތެއް ބިނާކުރުމުގައި ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސްތަކެއް އެބަހުރި ކަމަށާއި ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރެއްވުމަކީ، މިހާރު ކުރިއަށް ގެންދާ އެންމެބޮޑު މަޝްރޫޢު ކަމަށެވެ. އަދި ވިދާޅުވީ އެ ޤައުމިއްޔަތު ބިނާކުރައްވަމުން ގެންދަވަނީ، މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ޙައްޤާއި، އަދި ރާއްޖޭގެ ޘަގާފަތް އެއީ އަސާސްތަކެއް ކަމަށް ދެކެވަޑައިގެން ކަމަށެވެ.
އިސްލާމްދީނުގެ ކުރިއެރުމަށްޓަކައި މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އިސްލާމީ ރަނގަޅު ޢަޤީދާއެއް ހިތްތަކުގައި ބިންވަޅު ނެގުމަށްޓަކައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި މިއަދު ބިނާކުރަމުން ގެންދަނީ، އެޤައުމިއްޔަތު ކަމަށެވެ. ޤައުމިއްޔަތަކީ ޖީލަކުން އެއްފަހަރުވެސް، ޤަރުނަކުން އެއްފަހަރުވެސް ރައްޔިތަކަށް ބިނާކުރަން ނުލިބޭނެ ފުރްޞަތެއް ލިބި ތިބެގެން، ބިނާކުރަމުންދާ ޤައުމިއްޔަތެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ، އެމްއެންބީސީން ފޮނުވޭނެ ގޮތަށް ހަމަޖެހިގެންދިއުމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ދައުލަތުގެ މީޑިއާއެއް އޮންނަ ކަމުގައިވަނީނަމަ، ޤައުމިއްޔަތާއި ދައުލަތް ބިނާކުރުމަކީ، އެ މީޑިއާގެ އެއް ވާޖިބު ކަމަށެވެ.