ނޯވޭއަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން- ރެސިޑެންޓް ސަފީރު ކަމަށް ހެންވޭރު އަމީނީގޭ ޑޮކްޓަ ފަރަޙަނާޒް ފައިޞަލް، ރައީސުލް ޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފި އެވެ.

ކިންގްޑަމް އޮފް ނޯވޭއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރު ކަމަށް ފަރަޙަނާޒް ފައިޞަލް މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.