08 Dec 2014, 14:01
މާލޭގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ގާއިމްކޮށްފައިވާ ފަންޑަށް ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު އެއްލައްކަ ޑޮލަރު ހަދިޔާ ކުރައްވައިފި އެވެ.
ޔުނިވާޝަލްގެ ޗެއާމަން އެ ފަންޑަށް ފައިސާ ޖަމާކުރެއްވިކަން ބަޔާންކުރައްވައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލެ އަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވެވަޑައިގަތުމުގެ ގޮތުން، ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު 100،000 އެމެރިކާ ޑޮލަރު ސަރުކާރުން ގާއިމްކޮށްފައިވާ ފަންޑަށް ޖަމާކުރައްވައިފައިވާ ކަމަށެވެ.
Mohamed Umar Manik, Chairman of Universal Group has donated USD100,000/- to Male Water Crises Fund.
— Umar Naseer (@UmarNaseerPPM)December 8, 2014
މި ފަންޑަކީ އެމްޑަބްލިއުއެސްސީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެ އިން ފެނުގެ ހިދުމަތް ކެނޑިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް އަންދާޒާކޮށްފައިވާ 20 މިލިއަން ޑޮލަރު ހޯދުމަށް ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އުފެއްދެވި ޓާސްކް ފޯހުން އެކުލަވާލައިފައިވާ ފަންޑެކެވެ.
މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑަށް ޑޮލަރު ޖަމާކުރާ އެކައުންޓު ނަންބަރަކީ 7730000016766 އެވެ.