08 Dec 2014, 12:42
މިހާރު މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން އާއްމު ސިއްހަތާ ބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުނާނެ ފޯނު ލައިނެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެއެޖެންސީން މިއަދު ބުނީ މިހާރު ކުރިމަތިވެފައިވާ ފެނުގެ ހަލާ ގުޅިގެން އާއްމު ސިއްހަތާ ގުޅުން ހުރި ސުވާލެއް އޮތް ނަމަ ގުޅަން ވީ ނަމްބަރަކީ 7644449 ކަމަށެވެ. އަދި ބުނީ މިއަދު ދޭންފެށި އެހިދުމަތް ލިބޭނީ ހެނދުނު 8.00 އިން ރޭގަނޑު 11.00 އަށް ކަމަށެވެ.
މިހާރު މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން އާއްމު ސިއްހަތު ރައްކާތެރި ކުރުމަށާއި ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއަދު ގާއިމްކުރި ފޯނު ލައިނަކީ އެގޮތުން އާއްމުންނަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިނުމަށާއި ސުވާލުތަކަށް ޖަވާބު ދިނުމަށް ގާއިމް ކުރި ފޯނުލައިނެކެވެ.