މަޖީދީމަގު ސްޓާ ސިނަމާ ކައިރިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިއަދު 11:15 އެހާކަންހާއިރު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީިން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްވި މީހާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން ކުށުގެ ވެށިން ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.