މާލެއަށް ދިމާވެފައިވާ ފެން ލިބުމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ފަންޑަށް ޑޮލަރު ޖަމާކުރާނެ އެކައުންޓެއް ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވައިފިއެވެ.

މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑަށް ޑޮލަރު ޖަމާކުރާ އެކައުންޓު ނަންބަރަކީ 7730000016766 އެވެ.
އެއީ އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުތަކަށް ލިބުނު ގެއްލުން ކުރިން ހުރި ހާލަތައް ރުޖޫއަ ކުރުމަށް ބޭނުންވާ 20 މިލިއަން ޑޮލަރު ހޯދުމަށް ގާއިމްކުރި ފަންޑެކެވެ.

ވިޔަފާރިވެރިންނާއި އަދި އެނޫންވެސް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކަށް ވެސް އެ ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.