07 Dec 2014, 21:45
ދޫނިދޫ ހުޅަނގު ކަންމަތިން ދުއްވާފައި ދިޔަ ލޯންޗަކާއި ކޮޅުވެއްޓިއެއް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު އަނިޔާވެއްޖެ އެވެ.
މިރޭ 7:30 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައި 57 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މިރޭ ވަނީ ދޫކޮށްލާފަ އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޭނާ ދޫކޮށްލީ "ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ވަރުގެ އަނިޔާތަކެއް" ލިބިފައި ނުވާތީ ކަމަށެވެ.
ފުލުހުންގެ ބުނީ އެ އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.